އެންމެފަހުން އުނގޫފާރު އިންޖީނުގެ ވެސް ފެނަކައަށް

އެ ރަށު ރައްޔިތުންގެ އިންޖީނުގެ ފެނަކަ އާއި ހަވާލު ކޮށްފައިވަނީ އެ ރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އިންޖީނުގެ ފެނަކައާއި ހަވާލުކުރުމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އޮނަރަބަލް މުހައްމަދު އަސްލަމް އާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ.މިއަދި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު ވަނީ ހަރުދަނާ ނިޒާމެއްގެ ދަށުން އުނގޫފާރު ރައްޔިތުންނަށް ކަރަންޓު ޔަގީން ކުރެވިގެން ދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ހަމަ އެއާއި އެކު ދާދި އަވަހަށް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަން އެމްޑީ ސައީދު ކަށަވަރު ކޮށްދެއްވިއެވެ.7 ޑިސެމްބަރު 1997 ގައި އެންމެ ހަ ގަޑިއިރަށް ދޭން ފެށުނު އުނގޫފާރުގެ ކަރަންޓްގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކުރެވުނީ 2001 ވަނަ އަހަރެވެ. އޭގެ ފަހުން އެ އިންޖީނުގެ ހިންގަމުންދަނީ ރައްޔިތުންގެ ނަމުގައި ރަށު އޮފީހުން އަދި މިއަދާއި ހަމައަށް ރަށު ކައުންސިލުންނެވެ. މިއީ ރާއްޖޭގެ ރަށެއްގައި ރައްޔިތުންގެ ނަމުގައި ހިންގި އިންޖީނުގެ ތަކުގެ ތެރެއިން މިހާތަނަށް ޔުޓިލިޓީ ކުންފުންޏަކާ ހަވާލު ނުކުރާ ހަމައެކަނި އިންޖީނުގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ