ޖޫރިމަނާ ފައިސާ ބޭނުންކުރަނީ ގެއްލުން ފޫބައްދަން: މިނިސްޓަރު

ތިމާވެށްޓަށް ގެއްލުން ދިނުމުގެ މައްސަލަތަކުގައި ކުރާ ޖޫރިމަނާތަކުން ލިބޭ
ފައިސާ ބޭނުންކުރަނީ އެ ގެއްލުންތައް ފޫބެއްދުމަށް ކަމަށް އެންވަޔަރަމެންޓް
މިނިސްޓަރު ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް
ވަޑައިގެން މެމްބަރަކު ކުރެއްވ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިދިޔަ
ސަރުކާރުގައި ހިންގި އެކި މަޝްރޫއުތަކުގެ ތެރެއިން ގެއްލުން ލިބުނު ފަރުތަކާއި
ގިރިތަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި ޖޫރިމަނާގެ ގޮތުގައި ކިހާ ފައިސާއެއް ހޯދިފައިވޭތޯ
މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ އެފައިސާ ހޯދުމަކީ ދިގު
"ޕްރޮސެސް" އެއް ކަމަށެވެ. އަދި އެ ފައިސާ ބޭނުންކުރަނީ ހަލާކުވާ ތަންތަން
އަލުން އިޔާދަކުރުމަށް ކަމަށް ވިދާޅުވިއެވެ.
ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ތިމާވެށްޓަށް ލިބުނު އެކި ގެއްލުމުގެ
ބަދަލުގެ ގޮތުގައި ދައުލަތަށް 228 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.
އެންވަޔަރަމެންޓް
ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިދިޔަ އޮގަސްޓް މަހު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެ
ބުނީ، އެ 228 މިލިއަން ރުފިޔާ ހޯދާފައިވަނީ 37 ޖޫރިމަނާއަކުން ކަމަށެވެ.
ގަވާއިދު
އޮންނަ ގޮތުން ރާއްޖޭގެ ފަރަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ބޮޑު އަދަދަކުން
ޖޫރިމަނާ ކުރެވެނީ 100 މިލިއަން ރުފިޔާ އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ