ގޮއިދޫ އިމާމުގެ ބަދުއަހުލާގީ ވީޑިއޯއެއްގެ މައްސަލަ ބަލަންފަށައިފި

ށ.ގޮއިދޫގައި ހުންނަ ހަމައެކަނި މިސްކިތުގެ އިމާމު، ވައިބާ ގްރޫޕެއްގައި ބަދުއަހުލާގީ ވީޑިއޯއެއް އާންމުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކީ އެ ރަށު މިސްކިތުގެ އިމާމުގެ އިތުރުން، ގުރުއާން ހިތުދަސް ހާފިޒެއްކަމަށް ވެއެވެ. އަދި އޭނާއަކީ އެ ރަށުގައި ދަނޑުވެރިކަން ވެސް ކޮށްއުޅޭ މީހެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތައް ފެންނަ މި ވީޑިއޯ އޭނާ ހިއްސާކޮށްފައިވަނީ އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ހިމެނޭ ވައިބާ ގްރޫޕެއްގައެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، ބަދުއަހުލާގީ އަމަލުތައް ހިމެނޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުކުރި މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އެ ވީޑިއޯ ފެތުރުނު ގޮތުގެ އިތުރުން އޭގައި ހިމެނޭ ކަންކަމާ ގުޅޭ ތަހުގީގުތައްވެސް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ