ދިވެހި ވިޔަފާރިވެރިޔާ އަދި އާޓިސްޓް ރާޔާ މަންސޫރު، ފޯބްސް މަޖައްލާއިން އަހަރަކު އެއްފަހަރު ނެރޭ 30 އަންޑާ 30ގެ އޭޝިއާ ލިސްޓުގައި ހިމެނިއްޖެ އެވެ.
ތަފްސީލް - ރާޔާ އެ ލިސްޓުގައި ހިމެނުނީ 'ދި އާޓްސް' (އާޓް އެންޑް ސްޓައިލް، ފުޑް އެންޑް ޑްރިންކް) ކެޓަގަރީއިންނެވެ.
ރާޔާއަކީ 2015ގައި އުފެއްދި މަގުބޫލު ގަހަނާ، އެކްސަސަރީޒް އަދި ސްޓޭޝަނަރީ ބްރޭންޑު، އޮއިވާލި އާޓް ޝޮޕްގެ އެއް ބާނީ އެވެ.
އޭނާގެ ދައްތަ ރާނިޔާއާ އެކު މާލޭގައި ފެށި އެ ވިޔަފާރި ފުޅާކޮށް، 2024ގެ ކުރީކޮޅު ސިންގަޕޫރުގައި ވެސް ފިހާރައެއް ވަނީ ހުޅުވާފަ އެވެ.
އޭގެ އިތުރުން ރާޔާއަކީ އަމިއްލައަށް ދަސްކޮށްގެން ކުރަހާ އާޓިސްޓެކެވެ. އޭނާގެ ކުރެހުންތަކެއް ބާލިންގެ ގެލޭރިއާ އަޒޫރްގައި މިފަހުން ވަނީ ދައްކާލާފަ އެވެ.
ފޯބްސްގައި ރާޔާގެ ޕްރޮފައިލް
ފާހަގަކުރެވޭ - މިއީ ފޯބްސްގެ 30 އަންޑާ 30 ލިސްޓުގައި ދިވެއްސަކު ހިމެނުނު ތިންވަނަ ފަހަރެވެ.
އެ ލިސްޓުން ފުރަތަމަ ޖާގަ ހޯދި ދިވެއްސަކީ ސަފާތު އަހްމަދު ޒާހިރު އެވެ. އޭނާ އެ ލިސްޓުގައި ހިމެނުނީ 2017 ވަނަ އަހަރު ސޯޝަލް އޮންޓްރަޕްރަނާސް ކެޓަގަރީއިންނެވެ.
އޭގެ ފަހުން 2020 ވަނަ އަހަރުގެ ލިސްޓުގައި ރީޓެއިލް އެންޑް އީކޮމާސް ކެޓަގަރީގެ ދަށުން މުހައްމަދު އަފްޒަލް ވަނީ ހިމެނިފަ އެވެ.
ރާޔާ މަންސޫރު ފޯބްސްގެ 30 އަންޑާ 30 އޭޝިއާ ލިސްޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ