މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ އެންމެ އުތުރަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު އިއުލާންކޮށްފިއެވެ.
މެޓް އޮފީހުން ބުނެފައި ވަނީ، ރީދޫ ސަމާލު ނެރެފައިވާ ސަރަހައްދަށް، ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
ރާއްޖެއަށް މިހާރު މި ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި، ވޭތުވެދިޔަ 24 ރާއްޖޭގެ ދެކުނުގައި އޮތް، ލ އަތޮޅުން، ފުވައްމުލަކު ސިޓީއަށް ވަނީ ހުދުސަމާލު އިއުލާންކޮށްފައެވެ. އެގޮތުން، މި ސަރަހައްދަށްވެސް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭކަމަށް މޫސޫމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރިއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހއ. އަތޮޅުން އދ އަތޮޅަށްވެސް ވަނީހުދު ސަމާލު އިއުލާންކޮށްފައެވެ. މި ސަރައްދުތަކަށް، 19 މޭލާއި 24 މޭލުގެ ދެމެދުގެ ބާރު މިނަށް ވައިޖެހި، ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުގެ ދަތުރުފަތުރު ކުރަން ރާވާފައިވާ ފަރާތްތަކަށް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވާނެކަމަށް ލާފަކޮށް، ރާއްޖޭގެ އެންމެ އުތުރަށް ރީނދޫ ސަމާލު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ