ރާއްޖޭގައި ފޭކް އިންޖެކްޝަންތަކެއް ފެނިގެން ޑަބްލިއުއެޗްއޯގެ އިންޒާރެއް

ކެންސަރުގެ ފަރުވާ އަށް ބޭނުން ކުރާ ބޭހެއްގެ ފޭކް އިންޖެކްޝަންތަކެއް ރާއްޖެއިން ފެނިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިންޒާރެއް ނެރެފި އެވެ.
"ޑާޒަލެކްސް" ނަމަކަށް ކިޔާ މި ބޭހަކީ ލޭގެ ބަލިތަކާއި ބޯންމެރޯ އަށް ޖެހޭ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕްލް މައިލޯމާ" ފަދަ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރާ ހާއްސަ އިންޖެކްޝަނެކެވެ.
އޭގެ ފޭކް ބެޗްތަކެއް ފެނިފައި ވަނީ ރާއްޖެ އާއި މެކްސިކޯ އިންނެވެ.
ޑަބްލިއުއެޗްއޯގެ ވެބްސައިޓުގައި ނެރެފައިވާ އެލާޓެއްގައި ބުނެފައި ވަނީ އެ ފޭކް އިންޖެކްޝަންތައް ފެނިގެން ދެ ގައުމުގެ ވެސް ކަމާ ބެހޭ އިދާރާތަކުން އެ ޖަމިއްޔާ އަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ މޭ އަދި ޖޫން މަހުގެ ތެރޭގައި ކަމަށެވެ.
އެ ބޭސްތައް އެތެރެކޮށްގެން ބައެއް ހޮސްޕިޓަލްތަކަށް ސަޕްލައި ކޮށްފައިވާ ކަމަށާއި އެކަން ކުރީ ހުއްދަ އޮތް ފަރާތެއް ނޫން ކަމަށް ވެސް އެޖަމިއްޔާ އިން ބުންޏެވެ.
ރާއްޖެއިން ފެނިފައިވާ STV1K01 ބެޗް ނަންބަރަކީ އެ ބޭސް އުފައްދާ އަސްލު ކުންފުނި ކަމަށްވާ ޖެންސަން އިން އުފެއްދި ބެޗެއް ނޫން ކަން އެ ކުންފުނިން ވެސް ކަށަވަރު ކޮށްދީފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ