ދިރާގު ގޭމާސް ގިލްޑާއި މިނީސޯ ގުޅިގެން އަގުހުރި އިނާމުތަކާއެކު "ގެސް ދަ ސްކޯ" ޕްރޮމޯޝަން
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި މިނީސޯ ގުޅިގެން ރާއްޖޭގެ ފުޓްބޯޅައަށް ސަޕޯޓްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން މި ފުޓުބޯޅަ މޫސުމުގައި ކުޅޭ މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. ދިރާގުން ބުނީ، "ގެސް ދަ ސްކޯ"ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން މަތީ ވަނަތަކަށް ދާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހުށަހަޅައިފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި މުޅި ދުނިޔެއިން ވެސް ލިބެން ހުރި އެންމެ 2,026 ކަލެކްޓިބަލްގެ ތެރޭގައި ހިމެނޭ "ލިމިޓެޑް އެޑިޝަން 2026 ފުޓްބޯލް ކަލެކްޓިބަލް"އެއް ހިމެނޭ ކަމަށް، ދިރާގުން ބުންޏެވެ. އޭގެ އިތުރުން "ޓީޓީ ރޭސިންގް" ގޭމިންގް ޗެއާއާއި އެހެނިހެން އިނާމުތައް ހިމެނޭ ކަމަށް ވެސް، ދިރާގުން މައުލޫމާތުދެއެވެ. ބޮޑެތި އިނާމުތަކުގެ އިތުރުން، ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް މިނީސޯގެ 1,000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޑީޖީޖީ ވެބްސައިޓްގައި ރަޖިސްޓްރީކޮށް، ސޮނީ ސްޕޯޓްސް ލޯޔަލްޓީ ޕްރޮގްރާމްގައި ބައިވެރިވުމަށްފަހު، މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ލީޑަބޯޑުގެ ކުރި ހޯދުމަށް ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. ދިރާގު ގޭމާސް ގިލްޑުން ދަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އާ ތަޖުރިބާތައް ފޯރުކޮށްދީ، ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގެ ތެރެއިން މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް މި ފަދަ އެކި ހަރަކާތްތައް ހިންގައި، ބައިވެރިވާ ފަރާތްތަކަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެ، ނަތީޖާ ދިމާކުރުމަށް: https://bit.ly/dgg-guess-the-score ސޮނީ ސްޕޯޓްސް ލޯޔަލްޓީ ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://bit.ly/join-sonee-sports
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ