އީސީގެ ރައީސަކަށް ޕީއެންސީގެ ފަހުގެ ރަޖިސްޓްރާ ޝަކީލް އައްޔަން ކުރަނީ
އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް މުހައްމަދު ޝަކީލް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.ކޮމިޝަންގެ މެންބަރަކަށް ކުރިން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޝަކީލު އައްޔަންކުރީ މި މަހުގެ 24 ގަ އެވެ.އޭނަ މެންބަރު ކަމަށް އައްޔަންކުރީ އީސީގެ ރައީސަކަށް ކުރިން ހުންނެވި މެންބަރު މުހައްމަދު ޒާހިދު މިދިޔަ މަހުގެ 1 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.އީސީ އެކުލެވެނީ 5 މެންބަރުންގެ މައްޗަށެވެ. އެ މެންބަރުންނަކީ ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ އާއި އަބްދުލް ހަސީބް އިސްމާއީލާއި ރިފްއަތު އަބްދުﷲ އަދި ޝަކީލެވެ.ޝަކީލް ފަދަ ސިޔާސީ ބޭފުޅެއް އީސީ ފަދަ މިނިވަން މުއައްްސަސާއަކަށް އައްޔަން ކުރަން ރައީސް ފޮނުއްވުމުން ވެސް ބައެއް އާންމުން އެކަމަށް އޭރު ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ.ޝަކީލް ޕީއެންސީގެ ރަޖިސްޓްރާގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ޝަކީލް އީސީއަށް އައްޔަން ކުރުމާ އެކު މިހާރު އެ މަގާމު ވަގުތީ ގޮތުން އަދާ ކުރައްވަމުން ގެންދަވަނީ ޑެޕިއުޓީ ރަޖިސްޓްރާ އަހުމަދު ހަމްދާން ނާސިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ