ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޑީގައި އެމެރިކާއާއި ތުރުކީ ބައްދަލުކުރި މެޗުގައި ޖެހި ގޯލަކާއެކު ވޯލްޑް ކަޕެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް މުގުރާލައިފިއެވެ.
މި މެޗުގައި އޮސްޓަން ޓްރަސްޓީ މެޗުގެ ކުރީކޮޅު ޖެހި ގޯލަކީ މި މުބާރާތުގެ 173 ވަނަ ގޯލެވެ. އެ ގޯލާއެކު 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގައި ގާއިމުކުރި 172 ގޯލުގެ ރެކޯޑް ވަނީ މުގުރާލެވިފައެވެ.
ޓްރަސްޓީގެ ގޯލަށް ފަހު އެ މެޗުގައި އިތުރު ހަތަރު ގޯލު ޖެހިފައިވެއެވެ. މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި ތުރުކީ ވަނީ 3-2 އިން މޮޅުވެ މުބާރާތުގެ ޖުމްލަ ގޯލުގެ އަދަދު 177 އަށް އުފުލާލައިފައެވެ.
މި ރެކޯޑް މުގުރާލީ 2026 ވޯލްޑް ކަޕުގެ 59 ވަނަ މެޗުގައެވެ. ކުރީގެ ރެކޯޑް ކަމަށްވާ 172 ގޯލު ގާއިމުވީ ގަތަރު ވޯލްޑް ކަޕުގެ 64 މެޗު ނިމުނު އިރުގައެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިންސްޓެގްރާމްގައި ވިދާޅުވީ ”ގަތަރުގައި ގާއިމުކުރި 172 ގޯލުގެ ރެކޯޑް ފަހަނައަޅައި ދިއުމަކީ 2026 ވޯލްޑް ކަޕް މިހާރުވެސް ހަނދާން ނައްތައިނުލެވޭ ފަދަ މުބާރާތަކަށް ހެދި ފޯރިއާއި ގޯލު ޖެހުމުގެ ހުނަރު ހާމަކޮށްދޭ ކަމެއް“ ކަމަށެވެ.
ވޯލްޑް ކަޕް 2026 ގައި ޖުމްލަ 104 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. ގަތަރު 2022 ވޯލްޑް ކަޕުގައި ކުޅުނީ 64 މެޗެވެ. ފީފާއިން ބައިވެރިވާ ޓީމުތަކުގެ އަދަދު 32 އިން 48 އަށް އިތުރުކުރުމާ ގުޅިގެން މި ފަހަރު 40 މެޗު އިތުރުވެފައިވެއެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް މިއީ އެންމެ ގިނަ ގޯލު ޖެހި ވޯލްޑް ކަޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ