ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ތައާރަފްކުރި ހެލްޕްލައިންގެ ހިދުމަތް މިއަދުން ފެށިގެން ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.
އެމިނިސްޓްރީއިން މިއަދު ބުނީ ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ހެލްޕްލައިން "1484″ ގެ ޚިދުމަތް މިއަދު 15:00 އިން ފެށިގެން ލިބިގެންދާނެ ކަމަށެވެ.
މި ހެލްޕްލައިންގެ ޚިދުމަތް ލިބިވަޑައިގަންނަވާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 15:00 އިން ރޭގަނޑު 21:00 އަށް ކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ.
ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފަރަތަމަ އެހީ ފޯރުކޮށްދިނުމުގެ ހެލްޕްލައިން "1484" ގެ ޚިދުމަތް މިއަދު 15:00 އިން ފެށިގެން ލިބިވަޑައިގަންނަވާނެ. މި ޚިދުމަތް ލިބިވަޑައިގަންނަވާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 15:00 އިން ރޭގަނޑު 21:00 އަށް. pic.twitter.com/I0Z93436vk
— Ministry of Education (@MoEdumv) June 18, 2023
މިނިސްޓްރީ އޮފް އެޑިއުކޭޝަނުންެ އިސްނަގައިގެން ތައާރަފުކުރާ މިހިދުމަތް އިފްތިތާހު ކުރީ މިދިޔަ ބުދަ ދުވަހު އެވެ. މި ހެލްޕްލައިން ގާއިމު ކޮށްފައިވަނީ ޔުނިސެފް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާއެކުއެވެ.
ހެލްޕްލައިން މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދޭނީ އެކަމަށް ހާއްސަ ތަމްރީނު ފުރިހަމަ ކޮށްފައިވާ ސްކޫލުތަކުގައި މިހާރު ތިއްބެވި ކައުންސިލަރުންކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ. ކައުންސިލަރުން ތަމްރީނު ކުރުމާއި ހިދުމަތް ފޯރުކޮށްދިނުމަށް އުސޫލުތައް އެކުލަވާލާފައިވަނީ ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެންނެވެ.
މިއީ ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދިނުމަށް ރާއްޖޭގައި ގާއިމު ކުރެވުނު ފުރަތަމަ ހެލްޕްލައިނެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ތައާރަފްކުރި ހެލްޕްލައިންގެ ހިދުމަތް މިއަދުން ފެށިގެން ލިބޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ