މިއަތޮޅު ޅޮހީ ސްކޫލް ޑިޖިޓަލް ކުރުމަށް އެ ރަށު ކައުންސިލުން 65 އިންޗީގެ ދެ ޓީވީ ހަދިޔާ ކޮށްފި އެވެ.
މި ޓީވީ ހަދިޔާކޮށްފައި ވަނީ ޅޮހީ ސްކޫލްގެ ދަރިވަރުންގެ މެދުގައި އަންނަ އަހަރަށް ހޮވި "އިސްވާރުންގެ" މެދުގައި އިގުރާރުވުމަށް ބޭއްވި ހަފްލާގެ ތެރޭގަ އެވެ. އަދި މި ހަރަކާތުގައި ކައުންސިލްގެ ހުރިހާ މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.
ޅޮހީ ސްކޫލުން ވަނީ މިފަދަ ހަދިޔާއެއް ރަށު ކައުންސިލުން ސުކޫލަށް ދިނުމުން އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.
ޅޮހީ ސްކޫލުން ބުނީ އެ ސްކޫލް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކާމިޔާބު މަސައްކަތަކަށް ހަދައި ދިނުމަށް ކައުންސިލާއި ކައުންސިލް މެމްބަރުން ވެ ދެއްވި އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި އެކުއެކީ ކުރާ މަސައްކަތުން ބަދަލެއް އަންނާނެ ކަމަށް ވެސް ޅޮހީ ސްކޫލުން ބުންޏެވެ.
ޅޮހީ ސްކޫލް ޑިޖިޓަލް ކުރަން ކައުންސިލުން އެހީވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ