ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފި

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ ވިއްސާރަ އަދި ކަނޑުގަދަ ދުވަސްވަރަކަށްވެފައި ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފި އެވެ.
ކޯސްޓްގާޑުން ބުނީ ރާއްޖޭގެ އެކިހިސާބުތަކަށް މިދުވަސްވަރަކީ މޫސުން ގޯސްވެ ވިއްސާރަ އަދި ކަނޑުގަދަ ދުވަސްވަރަކަށްވެފައި ރާއްޖޭގެ އެކިހިސާބުތަކަށް ގުގުރުމާއިއެކު ވިއްސާރަކުރަމުންދާތީއާއެކު ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަން ދިނުމާއެކު މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައިގެން ދަތުރުތައް ރޭވުން މުހިންމުކަމަށެވެ.
މުދާ އުފުލާ އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި އަދި ދަތުރު ކުރާއިރު ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ.
ހުރިހާ އުޅަނދެއްގައިވެސް ދިޔަހިއްކާނެ ޕަންޕްފަދަ ނިޒާމެއް ބެހެއްޓުމަށާއި ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކް ކުރުމުގެ އިތުރުން މިނޫނަސް ކަނޑުދަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު ދަތުރުތައް ރޭވުމަށްވެސް ކޯސްޓްގާޑުން އިލްތިމާސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މޫސުމަށް ބަލައިގެން ދަތުރުފަތުރުކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރިއިރު ބުދަ ދުވަހުގެ ރޭ ދޯންޏެއް ކަފު ޖަހައިގެން ދަތުރުކުރި ޓަގެއް ވެސް ވަނީ ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ