ސްޕްރީމް ކޯޓުން ނެރެފައިވާ ގާނޫނީ ވަކީލުންގެ ގަވާއިދު ބާތިލު ކުރުމަށް ހައިކޯޓަށް ހުށަހަޅަނީ

ސްޕްރީމު ކޯޓުން ނެރެ އާއްމުކޮށްފައިވާ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުންނާ ބެހޭ ގަވާއިދު އުވާލުމަށް ހައިކޯޓަށް ހުށަހެޅުމުގެ މަސައްކަތް ގާނޫނީ ވަކީލުންގެ ޓީމަކުން ފަށައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލުންގެ ޓިމުގައި އިސްކޮށް އުޅުއްވާ މުހައްމަދު ފަރީދު މިއަދު ވިދާޅުވީ، އެމައްސަލަ ހުށަހެޅުމައްޓަކާ ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރުވެނިމިފައިވާ ކަމަށާއި މާދަމާގެ ވަގުތެއްގައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ފަރީދު ވިދާޅުވީ، ސްޕްރީމް ކޯޓަށް އެފަދަ ގަވާއިދެއް ހެދުމުގެ ގާނޫނު އަސާސީން އެގަވާއިދަށް ބާރުދީފައިވާ 7،141،އަދި 156 ވަނަ މާއްދާގެ ދަށުން ލިބިދީފައި ނުވާ ކަމަށެވެ. އަދި އެގަވާއިދުގެ ސަބަބުން އިލްމީ ބަހުޘްތަކަށް އޮތް ދޮރު ބަންދުވާ ކަމަށާއި، 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ވެސް ހަނިވާ ކަމަށެވެ.
މިމަހުގެ 3 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރެ އާއްމުކޮށްފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުން ސްޕްރީމް ކޯޓުގައި އޮންނަ ދަފްތަރުގެ އިތުރުން އެވަކީލަކު ވަކާލާތު ކުރާ ކޮންމެ ކޯތެއްގައި ރަޖިސްޓްރީންވާން ޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ