ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް އިސްރާއީލްގެ ސްޕްރީމް ކޯޓުން ހުއްޓުވައިފި

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދު ތަކުގައި އިސްރާއީލުން ވަޒަންވެރި ކުރުވާފައިވާ، ޔަހޫދީ އާއިލާތައް އެތަންތަނުން ބާލުވާން ފަށައިފިއެވެ.
އިސްރާއީލުގެ ސުޕްރީމް ކޯޓުން ނެރުނު ފާހަގަ ކޮށްލެވޭ ތާރީޚީ އަމުރަކާއި ގުޅިގެން ހުޅަނގު އައްސޭރީގެ ބައިތުއީލްގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ 16 އާއިލާ އެއް މި ހަފްތާގެ ނިޔަލަށް ބައިތުއީލުން ބޭރުކޮށް ނިމޭނެ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.
ޔަހޫދީ އާއިލާތައް އެ ސަރަޙައްދުން ބޭރުކުރި ނަމަވެސް، އެމީހުން އިމާރާތްކޮށްފައިވާ ގެތައް ތަޅާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށްވެސް ޔަހޫދީ ދައުލަތުން ވަނީ ބުނެފައެވެ. އެގޮތުން ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ސަރުކާރުން ވަނީ ޔަހޫދީންގެ ގެތައް ތަޅާނުލައި އަދި މަޑުކުރުމަށް ކޯޓްގައި އެދިފައެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން، އިޒްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ، ފަލަސްތީނުގެ ބިމުގައި 850 ހައުސިން ޔުނިޓް އެޅުމުގެ މުޅިން އާ މަޝްރޫއެއް އިއުލާން ކުރައްވާފައެވެ.
އިޒުރޭލުން ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކޮށް އެސަރަހައްދުގައި އިތުރު ހައުސިންގ ޔުނިޓް ތަކެއް އެޅުމުގެ މަސައްކަތް ފެށީ އިޒުރޭލަށް އަބަދުވެސް ވާގިވެރިވަމުން ގެންދާ އެމެރިކާއިން އެކަން ނުކުރުމަށް އިޒުރޭލު ސަރުކާރުގައި އެދިފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ