ރައީސްކަމަށް އެންމެ ގާބިލް ބޭފުޅަކީ އުމަރު ކަމަށާއި އޭނާއާއެކު ހުންނެވި ކަމަށް އިލިޔާސް ވިދާޅުވެއްޖެ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަސް އެންމެ ގާބިލް ބޭފުޅަކީ ޕީޕީއެމުގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަމަށް އިއުލާނު ކުރައްވާފައިވާ އެ ޕާޓީގެ ކުރީގެ ނާއިބު ރައީސް އުމަރު ނަސީރުކަމަށް ރައީސް މައުމޫނު ސަރުކާރުގެ ވަޒީރުކަން ކުރައްވާފައިވާ އިލިޔާސް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރުގެ ޓީމުން އިންތިޒާމްކޮށްގެން މިރޭ ހެދިގޮނޑުދަށުގައި ބާއްވަމުންގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލިޔާސް ވިދާޅުވީ އޭނާއަކީ ދެރައީސުންގެ އަރިހުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްކަމަށާއި އެތަޖުރިބާއަށާއި އަދި އުމަރުގެ ކަންތައްތަކަށް ބަލާއިރު ގައުމުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ ގާބިލް ބޭފުޅަކީ އުމަރު ކަމަށެވެ.
"އަޅުގަނޑު މިހުރީ އުމަރާއެކު. އެވާހަކ ދަންނަވާލަން ބޭނުންވަނީ. އަޅުގަނޑު އުމަރާއެކު ހުންނެވި ނަމަވެސް ރިޔާސީ ޓިކެޓަށް ވާދަކުރައްވާ އަނެއް ބޭފުޅާއާ މެދު މައްސަލައެއް ނެތް. އެބޭފުޅާގެ ޖަލްސާތަކަށާއި ދަންނަވާލާކަންތައްތަކަށް ދާނަން،" އިލިޔާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ޕާޓީ ތެރޭގައި ހިނގާކަންތައްތަކުގެ ސަބަބުން ބައިބައިވެގެންނުވާނެކަމަށާއި އެމެރިކާއަށް ބަލާއިރު އެގައުމުގައި ކަންތައްތައް ހިނގާ ނިމިފައިވަނީ ވަރަށް ތީރިކޮށް ކަމަށެވެ.
"އެގައުމުގެ ރައީސް ކަމުގެ މަގާމް ލިބިވަޑައިގެންނެވި ބަރަކް އޮބާމާ، ވަނީ އޭނާއާ ޕްރައިމަރީގައި ވާދަކުރެއްވި ކެންޑިޑޭޓަށް އެމެރިކާގެ ދެވަނަ އަށް އެންމެ ބާރު ގަދަ މަގާމް ދެއްވާފައި. އެއީ ނަމޫނާއެއް. އެއްޕާޓީއެއްގެ ބައްދަލުވުމަށް ތަފާތު ފިިކުރުގެ މީހުން އާދޭ. ދައްކާ ވާހަކަ އަހާ އެއަށް ފަހު ގޮތެއް ނިންމަނީ،" އެމެރިކާއަށް އިޝާރާތްކުރައްވާ އިލިޔާސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ