ގައްދޫ ކައުންސިލު އިދާރާއިން ކަރަންޓު ކަނޑާލައިފި

ގދ.ގައްދޫ ކައުންސިލު އިދާރާއައި އެރަށު މިސްކިތާއި މަގުމަތީގައި ހަރުކޮށްފައިވާ ލައިޓުތަކުގެ ބިލު އަދި ބަނދަރު ބައްތިތަކުގެ 11 މަސްދުވަހުގެ ކަރަންޓު ބިލު ނުދައްކައިގެން އެރަށު ކައުންސިލު އިދާރައިން ކަރަންޓު ކަނޑާލައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ކައުންސިލު އިދާރާގެ ރައީސް މުހައްމަދު ރިޟާން ވިދާޅުވީ 2011 ވަނަ އަހަރުގެ ހަމަހަކާއި މިއަހަރުގެ ފަސް މަސްދުވަހުގެ ބިލުތަކަށް ޖުމްލަ 428000 ރުފިޔާ އަރާފައިވާ ކަމަށާއި އެބިލުތައް ނުދެއްކިވަނީ ބަޖެޓުގައި އެވަރަށް ފައިސާ ނެތުމުން ކަމަށެވެ. އަދި އެޝަކުވާތައް ފިނޭންސާއި ހަމައަށް ގެންގޮސްފައިވާ ކަމަށާއި ލަސްވަމުންދަނީ ފިނޭންސުން ޖަވާބު ނުލިބިގެން ކަމަށް ވެސް ރިޟާން ވިދާޅުވިއެވެ.
ރިޟާން ވިދާޅުވީ ކައުންސިލު އިދާރާއިން ކަރަންޓު ކަނޑާލުމުގެ ސަބަބުން މިއަދު އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވިފައި ނުވާ ކަމަށާއި އެތައް ރައްޔިތުންގެ ހައްގުތަކެއް ގެއްލެމުންދާ ކަމަށެވެ.
ގައްދޫ ކައުންސިލުން ކަރަންޓު ކަނޑާލާފައިވާ އިރު މިސްކިތުންނައި މަގު ތަކުގައި ހަރުކޮށްފައިވާ ބައްތިތަކާއި ބަނދަރު ބައްތިތަކުން ވެސް ކަރަންޓު ކަނޑަލާނެ ކަމުގެ އިންޒާރު ވެސް އެރަށު އިންޖީނުގެއިންވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ