މާލޭ ރިންގ ރޯޑް މަސައްކަތް ކުރަމުން އަންނާތީ އިންޓަރ ސްކޫލް ފެތުމުގެ 16 ވަނަ މުބާރާތް ފަސްކޮށްފ

މާލޭ ރިންގ ރޯޑް މަސައްކަތް ކުރަމުން އަންނާތީ އިންޓަރ ސްކޫލް ފެތުމުގެ 16 ވަނަ މުބާރާތް ފަސްކޮށްފިއެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އަންނަ އޯގަސްޓް މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ އިންޓަރ ސްކޫލް ފެތުމުގެ 16 ވަނަ މުބާރާތް ލަސްކޮށްފައިވާ ކަމަށެވެ. އަދި އެއީ މާލޭ ރިންގ ރޯޑް މަސައްކަތުގެ ދަށުން ސްވިމިންގ ޓްރެކް ސަރަޙައްދުގައި ކުރެވެމުންދާ މަސައްކަތްތަކާއި ގުޅިގެން ކަމަށެވެ.
މީގެ އިތުރުން އެ އިޢުލާނުގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މަޝްވަރާއާއި ލަފާގެ މަތީން، މުބާރާތް ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށްފަހު، ޢާންމުކޮށް އިޢުލާނުކޮށް، ސްކޫލްތަކަށްވެސް އަންގާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ