ނ.މަނަދޫ ޕޮލިސް ސްޓޭޝަނާއި ނ.ޅޮހީ ސްކޫލް ގުޅިގެން ޤުރުއާން މުބާރާތެއް ބާއްވައިފި

ލިޔުނީ: ހަސަން ޝިޔާޒްނ.މަނަދޫ ޕޮލިސް ސްޓޭޝަނާއި ނ.ޅޮހީ ސްކޫލް ގުޅިގެން ޤުރުއާން މުބާރާތެއް ބާއްވައިފިއެވެ.މަޢުލޫމާތު ލިބިފައިވާ ގޮތުގައި 2010 ސެޕްޓެމްބަރ 03 ން 05 ގެ ނިޔަލަށް ބޭއްވުނު މި މުބާރާތް ނިމި، ވަނަ ވަނަ އަށް އައި ބައިވެރިންނަށް އިނާމް ދިނުމުގެ ރަސްމިޔާތު 2010 ސެޕްޓެމްބަރ 06 ވަނަ ދުވަހުގެރޭ ނ.ޅޮހީ ސްކޫލްގައި ވަނީ ބޭއްވިފައެވެ. މިރަސްމިއްޔާތުގައި ވަނަ ވަނަ އައި ފަރާތްތަކަށް އިނާމާއި ސެޓްފިކެޓް ބައްސަވައި ދެއްވީ ޝަރަފްވެރި މެހެމާން ނ.ޅޮހީ ކޯޓްގެ ސީނިއަރ މެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކް އާއި ނ.އަތޮޅުގައި ހުންނަވާ އެއަތޮޅުގެ ޕޮލިސް ކޮމާންޑަރ، ޕޮލިސް ސްޓާފް ސާޖަންޓް މުޙައްމަދު ދިންހާމް އާއި، ޅޮހީ ސްކޫލްގެ ޕްރިންސްޕަލް އަޙްމަދު އިބްރާހީމް އާއި މަނަދޫ ޕޮލިސް ސްޓޭޝަނުގެ އިންޗާރޖް ޕޮލިސް ކޯޕްރަލް އަޙްމަދު އާޠިފް އާއި ޅޮހީ ކައުންސެލަރ އަލްފާޟިލް ހުސްނީ ޔޫސުފްއެވެ.ޚަބަރު ލިބިފައިވާ ގޮތުގައި 05 އުމުރު ފުރައަކަށް ބަހާލާއިގެން ކުރިއަށް ގެންދިޔަ މިމުބާރާތުން އެއްވަނަ ޙާޞިލްކޮށްފައިވަނީ ނ.ޅޮހި / ހޭޅި، އާއިޝަތު ޝަހުޒާއެވެ. އަދި މިމުބާރާތުގައި ޅޮހީ ސްކޫލްގެ 111 ދަރިވަރަކާއި 17 ބެލެނިވެރިޔަކާއި ޕްރީ ސްކޫލްގެ 37 ކުދިން ކިޔަވާފައިވެއެވެ.މިރަސްމިޔާތުގައި ޅޮހީ ސްކޫލާއި ގުޅިގެން ޤުރުއާން މުބާރާތް ބޭއްވުމަށް މަނަދޫ ޕޮލިސް ސްޓޭޝަނުން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތުގެ އަގު ވަޒަންކުރައްވާ ޅޮހީ ސްކޫލްގެ ފަރާތުން މަނަދޫ ޕޮލިސް ސްޓޭޝަނަށް ހަނދާނީ ފިލައެއް ވަނީ ހަދިޔާކޮށްފައެވެ. މިފިލާ ޙަވާލުކޮށްދެއްވީ ޅޮހީ ސްކޫލްގެ ޕްރިންސްޕަލް އަޙްމަދު އިބްރާހީމް އެވެ. މިފަލައާއި ހަވާލުވެލެއްވީ ނ.އަތޮޅު ޕޮލިސް ކޮމާންޑަރ ޕޮލިސް ސްޓާފް ސާޖަންޓް މުޙައްމަދު ދިންހާމް އެވެ.މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ މަނަދޫ ޕޮލިސް ސްޓޭޝަނުން މެދުނުކެނޑި ކޮންމެ ރަމަޟާން މަހެއްގައި ޤުރުޢާން މުބާރާތެއް ބާއްވާ 05 ވަނަ ފަހަރެވެ. މިމުބާރާތް ބޭއްވުމަށް ކުރާ ހުރިހާ ޚަރަދެއްވެސް ކުރަނީ މުވައްޒަފުންގެ ފަންޑުން ކަމަށް ޚަބަރު ލިބެއެވެ. މިމުބާރާތް ޅޮހީގައި ބޭއްވުމަށް ޅޮހީ ސްކޫލާއި ޅޮހީގެ ރައްޔިތުން ވަރަށްބޮޑު އެއްބާރުލުމަކާއި އެހީތެރިކަން ދީފައިވާކަން އެ ސްޓޭޝަނުން ފާހަގަކުރައްވައެވެ.(މަޢުލޫމާތު : މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓުން )
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ