ކައިވެނި ނުކޮށް ތިބި ލަންކާގެ ފުލުހުންނަށް ފެން ބިލާއި ކަރަންޓު ބިލް ހިލޭ ކޮށްދީފި

ޒަވާޖީ ހަޔާތެއް ފަށާފައި ނުވާ ލަންކާގެ ހުރިހާ ފުލުހުންނަށް ޖެނުއަރީ މަހުން ފެށިގެން ފެނާއި ކަރަންޓު ހިލޭ ލިބޭނެ ގޮތް ހަމަޖައްސައިދީފައި ވާކަމަށް އެޤައުމުގެ ޓެރެޝަރީ އިން ނިންމާފައިވާ ކަމަށް ލަންކާގެ ޕޮލިސް ޑިޕާޓްމަންޓުން ބުނެފިއެވެ.
މިއީ އަންނަ މަހު އެޤާއުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ދިމާކޮށް ސަރުކާރުން ފަށާފައިވާ ކެމްޕޭނެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ދެ ޖިންސުގެ ފުލުހުންނަށްވެސް ފެނާއި ކަރަންޓު ހިލޭ ލިބޭނެގޮތް ހަދަން ނިންމާފައި ވާއިރު، ސަރުކާރުން ވަނީ ސިވިލް ސާވަންޓުންގެ މުސާރައާއި އިނާޔަތްތައް އިންތިހާއަށް ބޮޑުކޮށް، އެތައް ހާސް ސައިކަލެއްވެސް ހިލޭ ބަހާފައެވެ.
އިންތިޚާބު މޮނިޓަރ ކުރާ ފަރާތްތަކުން ވަނީ މިއީ ރިޝްވަތުގެ އަމަލެއް ކަމަށް ވިދާޅުވެފައެވެ.
ޖެނުއަރީ 8 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް މަހިންދަ ރާޖަޕަކްސާ އާ ދެކޮޅަށް ނުކުންނަ ކެންޑިޑޭޓް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެފައި އޭނާ އިންތިހާބު ވެއްޖެ ނަމަ ސަރުކާރު މުވައްޒަފުން ސައިކަލް ހޯދުމަށް ބޭނުންވެއްޖެ ނަމަ ލުއި ލޯނު ހަމަޖައްސައިދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ