މިހާރު މި ގެންނަމުންދާ ތަރައްޤީ ކުރިޔަށް ގެންދާނީތޯ، ނޫނީ ގެންދާނީ ފަހަތަށްތޯ ނިންމަވާނީ ރައްޔިތުން ކަމަށާއި، ރައްޔިތުންނަށް މި ވަނީ އެ ފުރުސަތު ލިބިފައި ކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރި އަދި ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގައި، އަރިއަތޮޅު މަހިބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މުއިއްޒު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ނުހޮވައިފިނަމަ ދިވެހި ގައުމު ދާނީ ފަހަތައް ޖެހެމުންކަމަށެވެ.
"ރާއްޖޭގައި ދުވަހަކު ނުފެންނަވަރުގެ ތަރައްޤީ މި ސަރުކާރުން ރައްޔިތުންނަށް މި ދަނީ ދައްކުވައިދެމުން" މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން ސެޕްޓެމްބަރ 23 ވަނަ ދުވަހަކީ ގައުމީ ވިސްނުމަކުން ވިސްނަން ޖެހޭ ދުވަހެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ތަރައްޤީ ކުރިޔަށް ގެންދާނީތޯ؟ ނުވަތަ ގެންދާނީ ފަހަތައްތޯ ނިންމާނީ ރައްޔިތުން- މިނިސްޓަރ މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ