ރައީސް ޔާމީން އަރިހުގައި މިހުރީ އެއްވެސް މަޖުބޫރުކަމެއްނެތި - ގައްސާން މައުމޫނު
ރައީސް ޔާމީން އަރިހުގައި މިހުރީ ރައީސް ޔާމީންގެ ސިޔާސަތު ގަބޫލުކޮށް އެއްވެސް މަޖުބޫރުކަމެއްނެތި ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ ގައްސާން މައުމޫނު ވިދާޅުވެއްޖެއެވެ. މިރޭ ޕީއެސްއެމް އުއްމީދާ ކުރިއެރުން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގައްސާން މައުމޫނު ވިދާޅުވީ ސަރުކާރުގައި މިހުރީ މަޖުބޫރުކަމެއް އޮވެގެން ނޫން ކަމަށާއި އަޅުގަނޑުމެން ތަރުބިއްޔަތު ކޮށްފައިވަނީ އަމިއްލައަށް ވިސްނައިގެން ބުއްދި ބޭނުންކޮށްގެން ނިންމުން ނިންމަން ކަމަށެވެ. އަދި އޮގަސްޓް 2012 އިން ފެށިގެން ރައީސް ޔާމީން އަށް ސަޕޯޓްކޮށް އަދިވެސް ދެމި މިހުރީ ރައީސް ޔާމީނާއެކު ކަމަށް ގައްސާން ވިދާޅުވިއެވެ. މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގައްސާން އިތުރަށް ވިދާޅުވީ ރައިސް ޔާމީން ބޮޑެތި ޕްރޮޖެކްޓްތައް ހިންގަވަނީ ބޭރުގެ އެހީއާއެކު ވަރަށް ފަރުވާތެރިކަމާއެކު ކަމަށެވެ. އަދި އައިޖީއެމްއެޗް އިމާރާތުގެ ޕްރޮޖެކްޓާއި ބެހޭގޮތުން ދައްކަނީ ތާކުން ތާކު ނުޖެހޭ ވާހަކަ ކަމަށާއި އެ ޕްރޮޖެކްޓްގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނޯންނާނެ ކަމަށެވެ. ގައްސާން އިތުރަށް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްވެގެން ދާނީ ވަރަށް ފަންނީ ބޭފުުޅުންގެ އެހީއާއެކު ވަރަށް ފުރިހަމައަށް ކުރެވިގެންދާނެ ސައުތު އޭޝިއާގެ ގާއިމު ކުރެވިގެންދާ އެންމެ ފުރިހަމަ ހޮސްޕިޓަލަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ