އެމްޑީޕީގެ ސިޔާސީ މަސައްކަތަށް ކާމިޔާބީއަށް އެދެން: ރައީސް މައުމޫނު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ސިޔާސީ މަސައްކަތަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫނުގެ އޮފީހުން ނެރުއްވި ތަހުނިޔާގެ މެސެޖްގައެވެ.
އެ މެސެޖްގައި ބުނެފައިވަނީ ރައީސް މައުމޫނު އިސްނެންގުމާއެކު އެކުލަވައިލި އިސްލާހީ އެޖެންޑާގެ ދަށުން އެންމެ ފުރަތަމަ އުފެއްދި ޕާޓީއަކީ އެމްޑީޕީ ކަމަށާއި އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ ލީޑަޝިޕާއި ހުރިހާ މެމްބަރުންނަށް މަރުހަބާ ދަންނަވާ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ