ގޮނޑި ގެއްލުނަސް އަލުން ޕީޕީއެމްއަކަށް ނުދާނަން: މެމްބަރު ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ނަމަވެސް އަލުން ޕީޕީއެމްއާއި ގުޅިވަޑައި ނުގަންނަވާނެ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ލަތީފު ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމާއި އެކު ގޮނޑި ގެއްލުނު ނަމަވެސް ޕީޕީއެމްއަށް އެނބުރި ވަޑައި ނުގަންނަވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހާއި ދެކޮޅަށް ވޯޓްވެސް ދެއްވާނެ ކަމުގައެވެ.
އަދި އިންސާފުވެރި ހަމަހަމަ ފުރުސަތެއްގެ ތެރެއިން މަޖިލީހުގައި ވޯޓް ނެގިއްޖެނަމަ މަސީހު އެމަޤާމުގައި ނުހުންނާނެ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލޭނެކަމަށް ސްޕްރީމް ކޯޓުން ކުރި ހުކުމުން ޕީޕީއެމްއަށް ފައިދާ ނުކުރާނެ ކަމަށްވެސް ލަތީފްވަނީ ވިދާޅު ވެފައެވެ.
ގޮނޑި ގެއްލުނަސް ފަހަތައް ޖެހިވަޑައި ނުގަންނަވާނެ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވިދާޅުވި އިރު ތިނަދޫ ދެނުކު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަދުމަދުވެސް ސްޕްރީމް ކޯޓުގެ ހުކުމަށް ފަހުވެސް ވިދާޅުފެވައިވަނީ ގޮނޑި ގެއްލުނަސް ޕީޕީއެމްއަށް އަލުން ވަޑައި ނުގަންނަވާނެ ކަމަށާއި ދެމި ހުންނަވާނީ އިސްލާހީ މަސައްކަތުގައި ކަމުގައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ