ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުގެ ސުލޫކީ މައްސަލައެއް ތަހުގީގުކޮށް ނިންމައި، ފިޔަވަޅެއްގެ ގޮތުން އޭނާ މެޖިސްޓްރޭޓުގެ މަގާމަށް ބަދަލުކޮށްފި އެވެ.
ޖޭއެސްސީން މިއަދު ބުނީ، އެ ކޮމިޝަނުން ތަހުގީގު ކުރި ގާޒީ އަލީ ނަސީރުގެ ސުލޫކީ މައްސަލަ ތަހުގީގުކޮށް ނިންމައި، ގާޒީއާމެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.
ގާޒީ އަލީ ނަސީރާމެދު ސުލޫކީ ފިޔަވަޅެއް އަޅަން ނިންމި ސަބަބެއް ކަމަށް ޖޭއެސްސީން ބުނީ، ސިވިލް ކޯޓުގެ ދެ ގަޒިއްޔާއެއްގައި ހިމެނޭ ހަސްމުން، އެ ދެ ގަޒިއްޔާ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، އޭގެ ތެރެއިން އެއް ގަޒިއްޔާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް މިވަގުތު ނެތްކަމަށް ކަނޑައަޅައި، ގާޒީ އަލީ ނަސީރު އެ ގަޒިއްޔާގެ ދައުވާ ފޯމު ބާތިލުކޮށް ހުކުމްކޮށްފައި ވަނީ އެ ގަޒިއްޔާގެ މައުޟޫއަށް ހުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް ގާޒީގެ ސެކްޝަނުގައި ނުބޭއްވުމުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވާތީ ކަމަށެވެ
އަދި ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިސަލާކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަގުސަދުގައި މައްސަލައިގެ ހަސްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ހުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ އަދުލުއިންސާފު ގާއިމުކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު އަދި ފަނޑިޔާރުގޭގެ މުގައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއީޒުގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާފަދަ ކަމެއް ކަމަށްވެސް ބުންޏެވެ.
އަދި ގާޒީ އަލީ ނަސީރުގެ އެ އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ) 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަނަ ނަންބަރާއި ހިލާފު އަމަލެއްކަމުގައި ތަހުގީގުގައި ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނީ، އެކަމުގެ ފިޔަވަޅެއްގެ ގޮތުން ގާޒީ އަލީ ނަސީރު ހުރި މަގާމަށްވުރެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަގާމަށް މިއަދު ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
ގާޒީ ނަސީރާ ދެކޮޅަށް ނަޝީދުގެ ކޮއްކޯފުޅު މައްސަލައެއް ވައްދާފައި ވަނިކޮށް، ސުލޫކީ ފިޔަވަޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ