މަތީ ދަރަޖަ ހޯދާ ފަރާތްތަކާއި ހާފިޒުންނަށް މެޑަލް ދިނުން ގައުމީ ދުވަހު

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލާއި، ކީރިތި ގުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް، މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ކުރިން އެ އިނާމުތައް ދެމުން ގެންގޮސްފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މި އަހަރު ލިބިވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ގިނަކަމާއެކު، މަތީ ދަރަޖައިގެ އިނާމާއި، ހާފިޒު ކަމުގެ އިނާމު، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދޭ ގޮތަށް ނިންމީ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
މިގޮތަށް ހަމަޖެއްސުމާ ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދޭނީ ހަމައެކަނި ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ