ކަރަންޓު ކެނޑި ބައެއް އިދާރާތައް ހުއްޓުމަކަށް

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާ ގުޅިގެން ބައެއް އިދާރާތަކުގެ މަސައްކަތާއި ހިދުމަތަށް ބުރޫއަރައިފި އެވެ.
ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނުކަން ސްޓެލްކޯ އިން ވެސް ޔަގީންކޮށްދެ އެވެ. ސްޓެލްކޯ އިން ބުނީ އެ މައްސަލަ ހައްލުކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އޭގެ ސަބަބުން ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ކަރަންޓް ކެނޑުމާ ގުޅިގެން މަޖިލީހުގެ ޖަލްސާ މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ޝަރުއީ ބައެއ ކޯޓުތަކުގައި ކުރިއަށް ގެންދިއުމަށް ޝެޑިއުލްކޮށްފައިވާ ބައެއް ޝަރީއަތްތައް ވެސް މިވަގުތަށް ވަނީ މެދުކަނޑާލާފަ އެވެ.
އެމްއެންޑީއެފުން ބުނީ ކަރަންޓް ކެނޑުމާ ގުޅިގެން ހަތަރު އިމާރާތެއްގެ ލިފްޓު ހުއްޓުނު ކަމަަށެވެ. އޭގެތެރެއިން ތިން ލިފްޓް މިހާރު ހުޅުވާފާއިވާ ކަމަށް ވެސް ބުންޏެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ދިއުމާ ގުޅިގެން ބައެއް އާންމުން ވެސް ގެންދަނީ ސޯޝަލްމީޑިއާގައި އެކަން ފާހަގަ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ