4 ފުރޮޅުލީ އުނޅަދު ދުއްވާއިރު ސީޓް ބެލްޓް އަޅަން މަޖުބޫރު ކޮށްފި

އަންނަ އަހަރުން ފެށިގެން ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާ އިރު ސީޓް ބެލްޓް އެޅުން މަޖުބޫރުވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުނޅަދުގެ ކުރީ ސީޓުގައި އިންނަ މީހާ ސީޓްބެލްޓް އަޅަން ޖެހޭނެ ކަމަށެވެ.
މިގޮތަކަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން ހަތަރުފުރޮޅުލީ އުނޅަދު ދުއްވާ ފަރާތްތަކުން މިއާ އެއްގޮތަށް އަމަލު ކުރުމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 29ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ހަތަރު ފުރޮޅުލީ އުޅަނދުގައި ދަތުރު ކުރާމީހުން ސީޓްބެލްޓު އެޅުމުގެ ކަންކަމާ މެދު ވިސްނަވަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ