ޤާނޫނު ކޮންމެ ގޮތަކަށް ފާސްކުރި ނަމަވެސް ކަންބޮޑުވާ ކަންކަމުގެ ވާހަކަ ރައްޔިތުން ދައްކާނެ: ފައިޞަލް

ރައްޔިތުންގެ މަޖިލީހުން ކޮންމެ ގޮތަކަށް ޤާނޫނުތައް ފާސްކުރި ނަމަވެސް ކަންބޮޑުވާ ކަންކަމުގެ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ގެއްލިގެން ދިއުމުން އެކަމުގެ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށާއި އެއީ ފާސްކުރާ ޤާނޫނަކުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ.
ފައިޞަލް ވިދާޅުވީ ރައްޔިތުން ވާހަކަ ދައްކަނީ ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން ކަމަށާއި އެހެންކަމުން ކުރަންވީ ކަމަކީ ރައްޔިތުން ކަންބޮޑުވާ ކަންކަން ނުކުރުން ކަމަށެވެ.
ފައިޞަލް ވިދާޅުވީ ކަންކަން މަނާކުރަންވީ ބިލަކުން ނޫން ކަމަށާއި ކަންކަން ރަނގަޅުކުރަން ބޭނުންނަމަ ކުރަންޖެހޭ ކަމަކީ ޤާނޫނު އަސާސީ އިޞްލާޙްކުރުން ކަމަށެވެ.
ފައިޞަލް ވިދާޅުވީ ގަދަކަމުން އޮބި އަޅައި ތަޅައިގެން އަމިއްލަ ދަރިންވެސް މިއަދު އިޞްލާޙް ނުކުރެވޭނެ ކަމަށެވެ. އެހެންކަމަށްވާއިރު ގަދަކަމުން ރައްޔިތުންނަށް ކަންކަން މަނާކުރުމަަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ