ކައުންސިލް އިންތިޚާބު ދެ މަހަށް ފަސްކުރުމުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ދެ މަސް ދުވަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ބަލައިގެންފައިވާ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.
ހައިކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމީން ފައިސަލް ވިދާޅުވިގޮތުގައި އެ މައްސަލަ މިހާރު އެ ކޯޓުން ވަނީ ބަލައިގެންފައެވެ.
އެ މައްސަލަ ބަލައިގެންފައި ވަނީ އެ މައްސަލައިގެ ލިޔުންތައް އިސްލާހުކުރަން އެ ކޯޓުން އެންގި އެންގި އެންގުމާ އެއްގޮތަށް ލިޔުންތައް އިސްލާހުކޮށް އިލެކްޝަންސް ކޮމިޝަނުން އަލުން ހުށަހެޅުމުންނެވެ.
ހައި ކޯޓުން މި މައްސަލަ ބަލައިގެންފައިވާއިރު ސިވިލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ޖެނުއަރީ 14 ވަނަ ދުވަހަށް ވުރެ ފަހަށް އިންތިޚާބު ފަސްކުރުމަކީ އެ ކޮމިޝަނަށް އިއާދަނުކުރެވޭވަރުގެ ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ