އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް ނާލާފުށީގެ ރައްޔިތުން ހޭލުންތެރިކުރުވައިފި

އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް މ.ނާލާފުށީގެ ވިޔަފާރަވެރިންނާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓްރެފިކް އޮޕަރޭޝަންއެއް ކުރިޔަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ޖެނުއަރީ 17 ވަނަ ދުވަހު މުލީގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންދިއަ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމަކީ ވަނީ އޮޅުވާލައިގެން މަކަރާއި ހީލަތުން ރީލޯޑް ރާސްޓަސް ހޯދަމުންދާ މައްސަލަތަކާއި އޮޅުވާލައިގެން ކޭޝްކާޑްގެ މައުލޫމާތު ހޯދާ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީ އެފަދަ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތުދީ ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިއަ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން ކުރިއަށް ގެންދިއަ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމުގައި ނާލާފުށީގެ އެކި ފިހާރަތަކަށާއި ހޮޓާ އަދި ކެފޭތަކާއި ގެބިސީތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުދީފައިިވާއިރު މިފަދަ ކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާއި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޢުލޫމާތުދީފަ އެވެ.
މީގެއިތުރުން މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ލިޔުމެއް ރައްޔިތުންނަށް ފެންނާނޭހެން ފިހާރަތަކުގައި ހަރުކުރުމަށްޓަކައި ވަނީ ފިހާރަތަކަށް ބަހައިފައެވެ.
.
މިޕްރޮގްރާމުގެ އިތުރުން ފުލުހުން ވަނީ ނާލާފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ނާލާފުށީގައި ދުއްވާ ގިނަ އަދަދެއްގެ ވެހިކަލް ބަލައިފާސްކޮށް ރަނގަޅުކުރުމަށް ހުރި ކަންކަން ފާހަގަކޮށް ނަސޭހަތްތެރިވެފައެވެ. މީގެއިތުރުން މި ޓްރެފިކް އޮޕަރޭޝަނުގައި ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ