މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން، ރައީސް އަބްދުﷲ ޔާމީން އިއްޔެ އައްޔަންކުރައްވައިފި އެވެ.
ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ހަމަޖައްސަވާފައިވާ ކަން އެ މިނިސްޓްރީގެ އޮފިޝަލަކު "ހަވީރަ"ށް ކަށަވަރުކޮށްދެއްވި އެވެ. އެހެން ނަމަވެސް، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ އެފަދަ ކަމެއް ރަސްމީކޮށް އެނގިފައި ނެތް ކަމަށެވެ.
އެނގިފައިވާ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި މިވަގުތު ހުންނެވީ ފާރިސް އެކަންޏެވެ.
ރައީސް ޔާމީން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ކުރީގެ ކެބިނެޓް ސެކްރެޓަރީ ޑރ. އަބްދުﷲ ނަޒީރު އިއްޔެ ހަމަޖައްސަވާފަ އެވެ. މީގެ އިތުރުން ވެސް ބައެއް މިނިސްޓްރީތަކަށް ރައީސް ޔާމީން ވަނީ ސްޓޭޓް މިނިސްޓަރުން އައްޔަންކުރައްވާފަ އެވެ
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ފާރިސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ