ސުޕްރީމް ކޯޓުގެ ރިސެސް މިއަދު ފެށޭ ގޮތަށް އޮތް ނަމަވެސް ރިސެސް ފެށުން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަ އަށް ފަސްކޮށްފައިވާ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
ކޯޓްތަކުގެ ގާނޫނުގައި ބުނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ އެންމެ ފަހު ރަސްމީ ދުވަހަކީ ސުޕްރީމް ކޯޓުގެ އަހަރީ ދައުރު ނިމޭ ދުވަސް ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން ދެން އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމަ އަށް ކޯޓު އޮންނާނީ ރިސެސްގަ އެވެ. އެ މުއްދަތުގައި ކޯޓުގެ އާންމު ޝަރީއަތުގެ މަޖިލިސްތަކެއް ނުބާއްވާނެ އެވެ. ނަމަވެސް އިދާރީ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.
ސުޕްރީމް ކޯޓުން ބުނީ ރިސެސް އަށް ދިއުން ޑިސެމްބަރު 10 އާ ހަމަ އަށް ފަސްކުރުމުން، ސުޕްރީމް ކޯޓުގެ އާންމު މަސައްކަތްތައް އެ ދުވަހާ ހަމަ އަށް ކުރިއަށް ދާނެ ކަމަށެވެ. އަދި މަސައްކަތް ފަށާނީ، އެހެން ގޮތަކަށް ކަނޑާނާޅާހާ ހިނދަކު ޖެނުއަރީ ،1 2013 ގަ އެވެ.
ސުޕްރީމް ކޯޓުގެ ރިސެސް ފަސްކޮށްފައި ވާއިރު ހައި ކޯޓުގެ ރިސެސް އަންނަ މަހުގެ 1 އިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމަޔަށް އޮންނާނެ އެވެ. އެ ކޯޓުން ބުނީ ރިސެސް ތެރޭގައި ކުރިއެކޭ އެއްގޮތަށް މައްސަލަތައް ބަލައިގަންނާނެ ކަމަށާއި ކުއްލި މައްސަލަތަކާއި ވަގުތުން ފިޔަވަޅު އަޅަންޖެހޭ ޒާތުގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ނޯންނާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން މިހާރު ވަނީ އަންނަ މަހުގެ 1- 15 އަށް ރިސެސް އަށް ދިއުމަށް ނިންމައިފަ އެވެ.
ރިސެސްގެ މުއްދަތުގެ ތެރޭގައި އާންމު ގޮތެއްގައި އެ ކޯޓެއްގެ ހުރިހާ ޝަރީއަތްތަކެއް މެދުކަނޑާލާނެ އެވެ. ނަމަވެސް އަވަހަށް ނިންމަންޖެހޭ މައްސަލަތަކާއި ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރެމުން ގެންދާނެ އެވެ. އަދި ކޯޓުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާނެ އެވެ.
ސުޕްރީމް ކޯޓު ރިސެސް އަށް ދިއުން ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ