އިސްލާހީ މަސައްކަތުގައި ދެމި ތިއްބެވި ހުރިހާ މަޖިލިސް މެންބަރުންނަށް ރައީސް މައުމޫނު އަބްދުއްޤައްޔޫމް ސެލިއުޓް ކުރައްވައިފި އެވެ.
ރައީސް މައުމޫނު ހޯމަ ދުވަހު ކުރައްވާފައިވާ ޓްވީޓެެއްގައި ވިދާޅުވީ، ސަރުކާރުގެ ފިއްތުންތަކާއި ދައްކާ ބިރަށް ބެލުމެއްނެތި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވާ މަސައްކަތަށް ސެލިއުޓް ކުރައްވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ފަށާފައިވާ އިސްލާހީ މަސައްކަތް ﷲ ގެ ރަހުމަތްފުޅާއިއެކު ކާމިޔާބު ކުރާނޭކަމަށެވެ.
މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ 42 މެމްބަރުން ސޮޔާއެކު ކަމަށް މަޖިލީހުން ހޯމަދުވަހު ފާސްކުރުމާއި ގުޅިގެން ރައީސް މައުމޫނު ވިދާޅުވީ، މިކަމުން ދޭހަވަނީ ސަރުކާރު އިންތިހާއަށް ބަލިކަށިވެ، ޕްރެޝަރަށް ވެއްޓިފައިވާ މިންވަރުކަމަށެވެ.
އިސްލާހީ މަސައްކަތުގައި ތިއްބެވި ބޭފުޅުންނަށް ސެލިއުޓް : މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ