އިސްލާހީ މަސައްކަތުގައި ދެމި ތިއްބެވި ހުރިހާ މަޖިލިސް މެންބަރުންނަށް ޕީޕީއެމްގެ އިންތިހާބީ ރައީސް މައުމޫނު އަބްދުއްޤައްޔޫމް ސެލިއުޓް ކުރައްވައިފި އެވެ.
ރައީސް މައުމޫނު ހޯމަ ދުވަހު ކުރައްވާފައިވާ ޓްވީޓެެއްގައި ވިދާޅުވީ، ސަރުކާރުގެ ރަހުމެއްނެތް އަމަލުތަކާއި އަދި ކުރިމަތި ކުރުވާ ފިއްތުންތަކާއި ދައްކާ ބިރަށް ބެލުމެއްނެތި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވާ މަސައްކަތަށް ސެލއުޓް ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހާއި ނައިބު ރައީސް، މޫސާ މަނިކުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ 42 މެމްބަރުން ސޮޔާއެކު ކަމަށް މަޖިލީހުން ހޯމަދުވަހު ފާސްކުރުމާއި ގުޅިގެން ރައީސް މައުމޫނު ވިދާޅުވީ، މިކަމުން ދޭހަވަނީ ސަރުކާރު އިންތިހާއަށް ބަލިކަށިވެ، ޕްރެޝަރަށް ވެއްޓިފައިވާ މިންވަރުކަމަށެވެ.
I salute reformist MPs for their courage in the face of merciless intimidation. It was a victory for us today 1/2
ރައީސް މައުމޫނު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ފަށާފައިވާ އިސްލާހީ މަސައްކަތް ﷲ ގެ ރަހުމަތްފުޅާއިއެކު ކާމިޔާބު ކުރާނޭކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ 31 މެންބަރުންގެ ސޮޔާއި އެކު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ އާދިއްތަ ދުވަހުއެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރުގެ މައްސަލަ މިމަހުގެ 11 ވަނަ ދުވަހަށް އޮތީ ތާވަލުކޮށްފައެވެ.
.. because we exposed govt's weakness n sheer desperation. We will win this battle insha Allah. 2/2
އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަހަމަގޮތުގައިބޭނުންކުރައްވައިގެން، މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ 42 މެމްބަރުން ސޮޔާއެކު ކަމަށް މަޖިލީހުން ހޯމަދުވަހުގެ މަޖިލީހުގެ ޖަލްސާގައިވަނީ ފާސްކޮށްފައެވެ. އަދި އެއާއެކު އެ ދެބެފުޅުންގެ އިތުބާރުގެ، މައްސަލައެއް ދެން ހުށައެޅޭނީ އެ އަދަދަށް މެންބަރުން ހަމަކޮށްގެންނެވެ.
އިސްލާހީ މަސައްކަތުގައި ތިއްބެވި މެންބަރުންނަށް ސެލިއުޓް ކުރަން، މިއަދުވެސް މި ލިބުނީ ކާމިޔާބީއެއް: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ