ވެރިކަން ބަދަލުވިގޮތް ތަހުގީގު ކުރަމުންދާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ) ކޯނީ( އަކަށް ރައްޔިތުން ބޭނުންނުވާ ގޮތަކަށް ނުނިންމޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ޝިފާޒް ވިދާޅުވީ ކޯނީގެ ރިޕޯޓުގައި އެ ކޮމިޝަނަކަށް ރައްޔިތުން ބޭނުންނުވާ ގޮތަކަށް ނުނިންމޭނެ ކަމަށެވެ. އެގޮތުން ވެރިކަން ބަދަލުވި ދުވަހު ފުލުހުންނާއި ސިފައިން ކުރި ކަންތައްތައް ނުކުރާ ކަމަކަށް އެ ކޮމިޝަނަށް ނުނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ ރިޕޯޓް ކޮންމެ ގޮތަކަށް އަޔަސް އެ ރިޕޯޓް ބަލައިގަންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
" އެ ކޮމިޝަނަކުން ނުނިންމޭ ރަައްޔިތުން ބޭނުންނުވާ ގަޮތަކަށެއް، އެ ކޮމިޝަނަކުން ނުނިންމޭނެ ރައްޔިތުންގެ ލޮލަށް ނުފެންނަ ކަމެއް، އެ ކޮމިޝަނަކުން ނުނިންމޭނެ ބަނޑޭރި ކޮއްޓަށް ގާ ނުއުކާ ކަމަކަށެއް. އެ ކޮމިޝަނަކުން ނުނިންމޭނެ ފުލުހުންނާއި ސިފައިން އަރާރުން ނުވާ ކަމަކަށެއް. އެ ކޮމިޝަނަކުން ނުނިންމޭނެ ފުލުހުންނާއި ސިފައިން ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަށް ނުގޮވާ ކަމަކަށެއް. އެހެންވީމާ މިދަންނަވަނީ އެތަނުން ނެރޭ ރިޕޯޓް އަޅުގަނޑުމެން ބަލައިގަންނާނަމޭ، އެއީ ދުވާލުގެ އިރު ފަދައިން އަޅުގަނޑުމެންނަށް ފެނުނު ކަމެއް. އެއީ ބަޣާވާތެއް" ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ ބަޣާވާތްކުރީ ހުރިހާ ފުލުހުންނާއި ސިފައިން ނޫން ކަމަށާއި އެކަމަކީ އެ ދެ މުއައްސަސާގެ ތެރޭގައި ތިބި މަދު ބަޔަކު ފައިސާގެ ދަހިވެތިކަމުގައި ކުރިކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ދެ މުއައްސަސާގެ ނަން ކިލަނބުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރޭގެ ޖަލްސާއަށް ފަހު އެމްޑީޕީން ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ބާއްވާފަ އެވެ. އެ ހިނގާލުމުގައި ވެލާނާގޭ ބިލްޑިންގް ކައިރިން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި އެވެ. ފުލުހުން މަގު ބަންދުކޮށްގެން ތިއްބާ ހިނގާލުމުގެ ބައިވެރިން އެ ސަރަހައްދަށް ގޮސް އޭގެ ތެރެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި އެވެ. އަދި މި ހަމަނުޖެހުމުގެ ތެރެއިން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެކަމަކު އޭގެ ފަހުން އެއްވެސް ހަމަނުޖެހުމެއް ނެތި އެ ހިނގާލުން ވަނީ ކުރިއަށް ގެންގޮސް ނިންމާލާފަ އެވެ.
ހިނގާލުމުގައި އެމްޑީޕީގެ ބައެއް އިސްވެރިންނާއި މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ.
ރައްޔިތުން ބޭނުންނުވާ ގޮތަށް ކޯނީއަކަށް ނުނިންމޭނެ: މެމްބަރު ޝިފާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ