ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
މީޑިއާ އަށް މައުލޫމާތު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ ފުލުސް އޮފީހުން މިއަދު އޭނާ އަށް ގުޅައި ފުލުސް އޮފީހަށް ހާޒިރުވާން އެންގި ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުވާން އެންގީ ތަހުގީގުކުރަމުންދާ މައްސަލައެއްގައި ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަފްސީލް ހިއްސާކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
އަލީ ހުސައިން އިތުރަށް ވިދާޅުވީ އޭނާ މިވަގުތު ހުރީ އަތޮޅު ތެރޭގެ ރަށެއްގައި ކަމަށްވާތީ މާލެ ދިއުމަށްފަހު ފުލުސް އޮފީހަށް ހާޒިރުވާނެ ކަމަށް އަންގާފައިވާނެ ކަމަށެވެ.
އަލީ ހުސައިން މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ކުރެއްވި ޓްވީޓަކާ ގުޅިގެން ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
އެ ޓްވީޓްގައި އަލީ ހުސައިން ވިދާޅުވެފައިވަނީ ނުހައްގުން ފުލުހަކު މީހަކު ގައިގައި އަތްލައިފިނަމަ ނަފްސުގެ ދިފާއުގައި އެ ފުލުހެއްގެ ގައިގައި އަތްލުމުގެ ހައްގު އެ މީހަކަށް ލިބިގެންވާ ކަމަށެވެ.
ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ގުޅިފައިވާ ޕާޓީ ތަކުގެ ހަރަކާތްތައް ވަރުގަދަކުރުމާއެކު އިދިކޮޅު ސިޔާސީ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކޮށް އަދި ބައެއް ބޭފުޅުންގެ މައްޗަށް ދައުވާކުރުން ވަނީ އާންމު ކަމަކަށްވެފަ އެވެ.
މެމްބަރު އަލީ ހުސައިން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ