“ބަޣާވާތް މަ ކުށްވެރިކުރަން” ދެވަނަ ހިނގާލުން މާދަމާ ހަވީރު

“ބަޣާވާތް މަ ކުށްވެރި ކުރަން” މިނަމުގައި ބާއްވާ އެމްޑީޕީގެ ޤައުމީ ހިނގާލުންތަކުގެ ތެރެއިން ދެވަނަ ހިނގާލުން މާދަމާ އޮންނާނެ އެވެ.
އެމްޑީޕީން ބުނީ ހުކުރުދުވަހުގެ ހަވީރު 4:00ގައި މާލޭގައި އުސްފަސްގަނޑުންނާއި ރާއްޖޭގެ ބޮޑެތި ދާއިރާތަކުގެ ހަރުގެތަކުން ފެށޭ މުޒާހަރާގައި އެމްޑީޕީގެ މެމްބަރުންނާއި މިކަމަށް ތާއީދުކުރައްވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް ގޮވާލާ ކަމަށެވެ.
“ބަޣާވާތް މަ ކުށްވެރިކުރަން” މިނަމުގައި އެމްޑީޕީން 2013 ވަނަ އަހަރުގެ ފުރަތަމަ މުޒާހަރާ މިދިޔަ އަންގާރަ ދުވަހު ވެސް ބާއްވާފައިވެ އެވެ. އެމްޑީޕީން މިއަދު މުޒާހަރާއެއްކޮށްފައިވާއިރު މިއީ އެއްވެ އުޅުމުގެ މިނިވަން ކަމުގެ ބިލް ތަސްދީގުކުރި ފަހުން އެމްޑީޕީން ބޭއްވި މިފަދަ ފުރަތަމަ މުޒާހަރާ އެވެ.
އަދި މިމުޒާހަރާގައި 3000 އާއި ގާތް ކުރާ އަދަދަކަށް މީހުން ބައިވެރިވެފައިވެ އެވެ. މިމުޒާހަރާގައި ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީ މަޖިލިސް މެންބަރުންނާއި އެމްޑީޕީ އިސް ފަރާތްތަކުންނާއި މާލެ ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ބައިވެރިވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ