ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެންބަރު ޕީޕީއެމުން ވަކިވެ ވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެންބަރު ޕީޕީއެމުން ވަކިވެ ވަޑައިގެންފިއެވެ.ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފު ޕީޕީއެމުން ވަކިވެވަޑައިގެންފައި ވަނީ ސަރުކާރުން ސިޔާސީ ބޭފުޅުން ހައްޔަރު ކުރަމުން ގެންދާތީ ހިތްހަމަ ނުޖެހިގެން ކަމަށް ބައެއް މީޑިޔާ ތަކުގައި އޭނާ ވިދާޅުވެފައި ވެއެވެ. .ގާނޫނު އަސާސީގެ ދިފާއުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގުޅިގެން ބޭއްވި ބޮޑު މުޒާހަރާގައި ވެސް އަރީފް ވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދޫކޮށްލުމަށް ގޮވާލާ ޕޯސްޓަރެއް ހިއްޕަވައިގެން ބައިވެރިވެ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ