އީސީގެ ނުސީދާ ހަމަލާތައް މައުމޫން ރިފޯމް މޫވްމަންޓަށް

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމަށް ސަޕޯޓްކުރާ ފަރާތްކުން އުފައްދާފައިވާ މައުމޫން ރިފޯމް މޫމްވަންޓަށް އިލެކްޝަންސް ކޮމިޝަނުގެ ނުސީދާ ހަމަލާތަކެއް އަމާޒުވެއްޖެއެވެ.
ރައީސް މައުމޫނު ރިފޯމް މޫވްމަންޓަކީ ޕީޕީއެމް ދެ ފެކްޝަނަށް ބައިވުމަށް ފަހު ރައީސް މައުމޫނު ފަޅީފައި ތިއްބެވި ބޭފުޅުން މިހާރު ސިޔާސީ ގޮތުން ހަރަކާތްތެރި ވުމަށް ބޭނުންކުރާ ނަމެވެ. މައުމޫން ރިފޯމް މޫވްމަންޓުން ހަރަކާތްތަކުގައި ބޭނުންކުރަނީ އަސުރުމާ ކުލައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަޖިސްޓްރީ ކޮށްފައިނުވާ ނަމެއް ބޭނުންކޮށްގެން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމުގެ ޝަކުވާ ލިބޭ ކަމަށަޢި ނަމަވެސް ރަޖިސްޓްރީ ކޮށްފައިނުވާ ނަމެއް ބޭނުންކޮށްގެން އެފަދަ ހަރަކާތެއް ހިންގައިި ގެން ނުވާނެ ކަމުގައެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ކުލައެއްވެސް އެޕާޓީއެއްގެ ހުއްދަ ހޯދުމެއް ނެތި ބޭނުންކޮށްގެން ނުވާނެކަމަށް ވަކިބައެއްގެ ނަން ބަޔާން ނުކޮށް އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޖަލު ހުކުމެއް ތަންފީޒްކުރާ ފަރާތެއް ކުރިއަށް ނެރެ، ތާއީދު ހޯދުމުގެ މަސައްކަތްކޮށްގެން ނުވާނެ ކަމަށާއި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ނިޝާނައި، ކުލަ ނުވަތަ އެ ޕާޓީއެއް ރަމްޒުކޮށްދޭ ތަކެތި އެ ޕާޓީއެއްގެ ހުއްދަނެތި ބޭނުންކޮށްގެން ނުވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ