އަންގާރަ ދުވަހު ހަވީރު ބޮޑުތަކުރުފާނު މަގުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

މިއަހަރުގެ ބައިނަލްއަޤްވާމީ ރަޙުމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތުގުޅާލުމުގެ ހަރަކާތް ކުރިޔަށް ގެންދިޔުމަށްޓަކައި އަންނަ އަންގާރަ ދުވަހު މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ކުރި އިއުލާނެއް ގައި ބުނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 04:30 އިން އިރުއޮއްސި 06:00 އަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ހުއްދަ ދެވިފައި ނުވާ އުޅަދުތައް ބޮޑުތަކުރުފާނު މަގުގައި ދުއްވުން މަނާވާނެ ކަމަށެވެ.
އަދި އެ ނިންމުމަށް އަމަލު ނުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
އެ ވަގުތު ބޮޑުތަކުރުފާނު މަގުގައި ދުއްވަން ހުއްދަދީފައިވާ އުޅަނދުތަކަކީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި އެމްބިއުލެންސް އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލުގެ އިތުރަށް ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތް އަދި އެދުވަހުގެ އެގަޑިގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ