ފަރެސްމާތޮޑާ ދާއިރާ މިހާރުވެސް ތަމްސީލްކުރަމުން ގެންދާ އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ނިންމާފައިވާ ޒުވާން ސިޔާސީ ލީޑަރ ހުސައިން މުޙައްމަދު ލަތީފްގެ ކެމްޕޭން ހަރަކާތްތައް ދާއިރާގެ ތިން ރަށުގައި މިއަދު ކުރިއަށްގެންގޮސްފިއެވެ.
ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މި ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ އިއްޔެއެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްދައި ވަނީ ފަރެސްމާތޮޑާ، ފިޔޯރީ އަދި ރަތަފަންދޫގައެވެ.
އިއްޔެ ކުރިއަށްގެންދިޔަ ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތުދެމުން އެމްޕީ ހުސައިންގެ ކެމްޕޭން ޓީމުން ބުނީ، ދާއިރާގެ ތިން ރަށުގައި ކުރިއަށްގެންދިޔަ އެ ހަރަކާތުގައި ދާއިރާގެ ތިން ރަށުގައިވެސް ކުރިއަށްގެންދިޔަ ކަމަށެވެ. އެގޮތުން ތިން ރަށުގައިވެސް ބޮޑު ހިނގާލުމެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ހަރަކާތްތައް ފުރަތަމަ ފެށީ ފަރެސްމާތޮޑާއިންނެވެ. އެ ރަށުން ފިޔޯރީއަށް ގޮސް، ފިޔޯރީން ދިޔައީ ރަތަފަންދޫއަށެވެ.
މި ހަރަކާތަކީ އެ ދާއިރާގައި އެމްޕީ ހުސައިންއަށް ތާއިދު އޮތްކަން އަންގާ ދިނުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްކަން ފާހަަގަކޮށްލަން ޖެހެއެވެ. އަދި އެ ހަރަކާތުން އެކަން ވަނީ ދައްކައިދީފިއެވެ.
ދާއިރާގެ ގިނަ ރައްޔިތުންނާއެކު ހުސައިން ވަގުތުކޮޅެއް، ތާއިދު ދައްކައިދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ