މާދަމާ ހަވީރު ހުލުމާލޭގައިވެސް ވެހިކަލް ދުއްވުން މަނާ

މިއަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތުގައި ހުޅުމާލޭގައިވެސް ވަހިކަލް ދުއްވުން މަނާކޮށްފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވަނީ މާދަމާ ހަވީރު 16:00 ފެށިގެން އިރުއޮއްސި 18:00 އާއި ހަމައަށް ހުޅުމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދުތަށް ދުއްވުން މަނާކަމަށެވެ. އަދި އެގޮތަށް އަމަލު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
ހުޅުމާލޭގައި މާދަމާ ދުއްވަން ހުއްދަދީފައިވަނީ ވަކި ހާއްސަ އުޅަނދުތަކަކަށެވެ. އެއީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު، އެމްބިއުލާންސް، ފުރާމީހުން ބޭނުންކުރާ ހުއްދަ ދެވިފައިވާ އުޅަނދު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ދުއްވުމަށް ހާއްސަ އުޅަނދު، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ބޭނުން ކުރާ ބަހާއި އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތަކެވެ.
ޓްރާންސްޕޯޓުން ބުނެފައިވަނީ މި އުޅަނދުތައް ފިޔަވައި އެހެނިހެން އުޅަނދުތައް ދުއްވާނަމަ އެއްގަމު ދަތުރުފަތުރުގެ ޤާނޫނޫ 5/2009 ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައެވެ.
ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކުރިއިރު އީދު ދުވަހުގެ ހަވީރު މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާކުރަން މާލޭ ސިޓީ ކައުންސިލް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ