އެހެން ސަރުކާރުތަކަށް ވުރެ މި ސަރުކާރުގެ ސްޕީޑް އަވަސް: ގާސިމް

މީގެ ކުރީގެ ސަރުކާރުތަކާއި އަޅާ ބަލާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސްޕީޑް ހަލުވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. އެ ޕާޓީއާ އަލަށް ގުޅުނު ފަރާތްތަކުގެ ފޯމް ހަވާލު ކުރުމަށް މ. ކުނޫޒްގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މި ސަރުކާރު 'ސްލޯ' ވާހަކަ ދައްކާއިރު ވޭތުވެދިޔަ ދެ ސަރުކާރުން ވެސް އަހަރެއް ދޮޅު އަހަރު ވެގެން ދިޔައިރު މާބޮޑެތި ކަންތައްތަކެއް ކޮށްދެވިފައި ނުވާ ކަމަށެވެ. މަސައްކަތް ނުކުރެވިގެން ރައްޔިތުންނަށް ގިނަ އާ ކަންތައްތަކެއް ކޮށްނުދެވިގެން އެ ވާހަކަ ދައްކައި ސަރުކާރު ކުޑާމިސް ކުރާކަށް އަދި ޖާގައެއް ނެތް،" މާމިގިލީ ދާއިރާގެ މެންބަރު ވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް ވިދާޅުވި އެވެ. މިސަރުކާރުން އެންމެ ހަލުވި ސްޕީޑްގައި މަސައްކަތް ފަށައި ނުގަނެވިފައިވަނީ މިދިޔަ ސަރުކުރާން ހާވާފައިވާ ހަޑިތައް ސާފުކުރަން ޖެހީތީ ކަމަށް ގާސިމް ފާހަގަ ކުރެއްވި އެވެ. "އެ ހައްގުތައް އަދާ ނުކޮށް މިއަދުގެ ރައިސުލްޖުމްހޫރިއްޔާ ކަންތައްތަކައިގެން ވަޑައިނުގަންނަވަން ނިންމެވި ނިންމެވުމަކީ އެ މަނިކުފާނުގެ ސަރުކާރުން ކަންތައްތަކެއް ނުކުރެވިގެން ބަދުނާމު ކުރަންޖެހޭ ސަބަބެއް އޮތް ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ. ގާނޫނުތަކަށް ގެނައިސްފައި ހުރި ނުކިއްސަރު ބަދަލުތައް އިސްލާހުކޮށް ނިގުޅައިގަނެފައިވާ ހައްގުތައް އިޔާދަކޮށްދެމުން މަޝްރޫއުތަކަށް ފައިސޯ ހޯއްދެވުމަކީ ވެސް އެހާ ފަސޭހަ ކަމެއް ނޫން ކަން ގާސިމް ފާހަގަ ކުރެއްވި އެވެ. "ސަރުކާރަކަށް ކަންތައްތަކެއް ކޮށްދެވޭނީ ސަރުކަރާކޭ ކިއެއް ކަމަކު ލާރިވެސް ލިބިގެން ފައިސާ ވެސް ހޯދިގެން. ލިބުނު ހުރިހާ ފައިސާ ކުރީގެ ސަރުކާރުން ކޮށްފައި ހުރި ކަންތައްތަކަށް ދަރަނި އަދާކުރަން ޖެހުނީމަ އެ އަދާކޮށް ނިންމާފައި ދެން އިތުރަށް މަސައްކަތްކޮށްގެން އަދި ދަރަންޏަށް ތަނަކުން ލާރި ހޯދައިގެން ނަމަވެސް ކުރެވޭނީ މިދެންނިވި ގޮތައް ފައިސާ ހޯދައިގެން،" ގާސިމް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތައް ވަކިން ނިކުތުމުށް ނިންމި ހިސާބުން ފެށިގެން ގާސިމް އިބްރާހިމްގެ ނުސީދާ ފާޑުކިޔުން މިސަރުކާރަށް އަމާޒު ވެފައި ހުރި ނަމަވެސް ރޭގެ ހަފްލާގައި ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މި ސަރުކާރަށް ވެސް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ