ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ކޯލިޝަންގެ މެމްބަރުން އަންނަ އަހަރުގެ ބަޖެޓަށް ވޯޓު ދެއްވުމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންއަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫން މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައިި މިއަދު ނަގާ، އަންނަ އަހަރުގެ ބަޖެޓުގެ ވޯޓަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ މެމްބަރުން ވެސް ވޯޓުދެއްވުމަށް އެމަނިކުފާނު ގޮވާލައްވާ ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާ އިރު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ކޯލިޝަން ތަމްސީލުކުރައްވާ މެމްބަރުން މިއަދު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށެވެ.ރައީސް މައުމޫން މިއަދު ކުރެއްވޮ ޓްވީޓް---ފޮޓޯ: ޓްވިޓާއަދި މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ޖުމްހޫރީ ޕާޓީން ވެސް ބަޖެޓަށް ވޯޓު ދެއްވާނެ ކަން ވަނީ އިއުލާންކުރައްވާފައި އެވެ. އެގޮތުން މިއަދުގެ ޖަލްސާގައި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ ދައުލަތުގެ ބަޖެޓަށް ޖުމްހޫރީ ޕާޓީގެ މެމްބަރުން ވޯޓު ދެއްވާނެ ކަމަށެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރައްވާ ގޮތުގައި ދައުލަތުގެ ބަޖެޓަށް ވޯޓުދޭން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ހަމަ ގައިމު ވެސް ޖޭޕީ އޮތީ އެގޮތުގައި ކަން އަޅުގަނޑު މިފުރުސަތުގައި ދަންނަވާލަން." އިލްހާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަދި އިދިކޮޅު އެމްޑީޕީން ވަނީ ބަޖެޓާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ފާޅުކޮށްފައި އެވެ. އެގޮތުން އެޕާޓީގެ ބައެއް މެމްބަރުން ބަޖެޓަށް ވޯޓު ނުދެއްވާނެކަން ވިދާޅުވެފައިވާ އިރު ބައެއް މެމްބަރުން ވިދާޅުވީ ބަޖެޓަށް ވޯޓު ދިނުމުގައި ވިސްނަމުން އަންނަ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ބަޖެޓުގެ 65 ޕަސެންޓް ހަރަދުވާނީ ރިކަރަންޓް ހަރަދަށް ކަމަށެވެ. އެއީ 15.8 ބިލިއަން ރުފިޔާ އެވެ.
ކޯލިޝަނުން ބަޖެޓަށް ވޯޓު ދެއްވުމަށް ރައީސް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ