ޝަރުއީ ދާއިރާގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތައް ކުށްވެރިކޮށް އެޗްއާރުސީއެމް އިން ބަޔާނެއް ނެރެފި.

ރޭގެ މުޒާހަރާގެ ތެރެއިން. ދިއިސްލާމް ފޮޓޯ: އިސްމާޢިލް އަފްރާހް ރާއްޖޭގައި ހިނގަމުން މިދާ ހަމަނުޖެހުންތައް ކުށްވެރިކޮށް އެޗްއާރުސީއެމް ރޭ ނެރުނު ބަޔާނުގައި ބުނަނީ މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ރާއްޖޭގެ ގާނޫނު އަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ރައްޔިތުނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ގެއްލެމުންދާ ކަމަށެވެ..އެއްވުންތަކަށް ނިކުމެ އުޅޭފަރާތްތަކުން ސުލްހަވެރިކަން ދެމެހެއްޓޭނެ ގޮތަށް ، އެއްވެސް ފަރާތަކަށް އަނިޔާ އާއި ގެއްލުންވާނެ ފަދަ އެއްވެސް ހަތިޔާރެއް ބޭނުން ނުކުރުމާށާއި، ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކުން އެއްކިބާ ވުމަށާއި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިދާނެ އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސް  ކޮށްފައި މި ބަޔާނުގައިވެއެވެ.އަދި މުޖުތަމައުގެ އަމާންކަމަށާއި އަމިއްލަ ފަރުދުންގެ ކަރާމާތައް ބުރޫނާރާނެ ގޮތަށް އަމަލުތައް ބަހެއްޓުމަށް އަމަން އަމާންކަން ބަލަހައްޓަވާ ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ އިލްމާސްކޮށްފަ އެވެ.މިހާރު ހިނގަމުން މިދާ ހަމަނުޖެހުންތަކުގައި ގިނަ ފަރާތްތަކަށް އަނިޔާލިބި ޝަރުއީ ދާއިރާގެ ހުރުމަތްކެނޑޭ ފަދަ އަމަލުތައް ފެންމުންދާތީ އެކަން ވަރަށް ބޮޑަށް ކުއްވެރިކުރާ ކަމަށައި އަދި އެކަންކަން ހައްލު ކުރުމަށްޓަކައި އެކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.ރާއްޖޭގައި ހިނގަމުން މިދާ ހަމަނުޖެހުންތައް ކުށްވެރިކޮށް ވަރަށް ގިނަ ސިޔާސީ ލީޑަރުންނާއި އެފަދަ އެހެން ފަރާތަކުން ވެސް ވަނީ މިޑިޔާތަކުގައި އިންޓަވިއު ދެއްވާފައެވެ. އެ ގޮތުން ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވީ ހޯމް މިނިސްޓަރު ފުލުހުންގެ އަމަލީ މަސައްކަތުގެ ތެރެއަށް ވަދެވަޑައިގެން މިހާރު ކަންތައްކުރައްވަމުން އެ ގެންދަވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކަމަށެވެ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ