ރައީސް މައުމޫން ކޮވިޑު-19 ބަލިން ރަނގަޅުވެ ގެއަށް ވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމު ކޮވިޑު-19 ބަލިން ރަނގަޅުވެ މިއަދު ގެއަށް ވަޑައިގެންފިއެވެ.މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅުން ކޮވިޑު-19 ބަލިން ޝިފާ ލިބިގެން ހެޔޮ ހާލުގައި މިއަދު ދަރުމަވަންތަ ހޮސްޕިޓަލުން ގެއަށް ވަޑައިގެންފިކަމަށެވެ. އަދި އެކިއެކި ބަލިތަައް ތަހައްމަލު ކުރަމުންދާ އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދި އެމަނިކުފާނުވަނީ ދުއާ ކުރައްވާފައެވެ.ރައީސް މައުމޫނު ކޮވިޑު-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ މިދިޔަ މަހުގެ 25 ގައެވެ. ދިވެހިރާއްޖޭގައި މިހާތަނަށް 9000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު، އަދިވެސް ރާއްޖޭގައި ބަލި ކޮންޓްރޯލް ނުކުރެވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ