އިންޑިޔާގެ ބަޖެޓުން ރާއްޖެއަށް ދޭ ފައިސާ ފަސްގުނައަށް ބޮޑުކޮށްފި

މިއަހަރުގެ ތެރޭގައި އިންޑިޔާ ސަރުކާރުގެ ބަޖެޓުން ރާއްޖެއަށް ދޭ ފައިސާގެ އަދަދު މިިދިޔަ އަހަރާއި އަޅާބަލާއިރު، ފަސްގުނަ އިތުރުކޮށްފިއެވެ.
އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި، އިންޑިޔާގެ ސަރުކާރުން މިހިނގާ 2019ވަނަ އަހަރުގެ ތެރޭގައި ވަނީ ރާއްޖެއަށް ޖުމްލަ 575 ކްރޯޑް ރުޕީސް ދިނުމަށް ނިންމާފައެވެ. އެއީ 400 ކްރޯޑް ރުޕީސްގެ ހިލޭ އެހީއާއި، 175ކްރޯޑް ރުޕީސްގެ ލޯނެކެވެ. މިއީ މިިދިޔަ އަހަރު އެގައުމުން ރާއްޖެއަށް ދިން 109.24 ކްރޯޑް ރުޕީސްއާއި އަޅާބަލާއިރު ފަސްގުނަ ބޮޑު އަދަދެކެވެ.
އިންޑިޔާއިން ރާއްޖެއަށް ކުރާ ހޭދައިގެ މިންވަރު އިތުރުވެފައިވަނީ ދެގައުމުގެ ގުޅުންތައް އަނެއްކާވެސް ވަރުގަދަވެ، ހަރުދަނާވާން ފަށާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެެވެ.
އެގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުުޅުގައި އެގައުމުން ވަނީ، ރާއްޖެއަށް 1.4 ބިލިޔަން ޑޮލަރުގެ އެހީއެއްދޭން ވައުދުވެފައެވެ.
ފަަހަކަށް އައިސް އިންޑިޔާއިން ސާކްގެ ގައުމުތަކަށް ކުރާ ޚަރަދުތައް ވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ