ޓޫރިޒަމް ދާއިރާގެ ތަރައްގީ އާއި ބެހޭ މާޝްވަރާ ބައްދަލުވުން ފަށައިފި

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފުޅާކޮށް ހަރުދަނާ ކުރުމަށް ކަމާ ބެހޭ ފަރާތްތަކާއި އެކު ބާއްވާ ބައްދަލުވުން ފަށައިފި އެވެ.
މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިޔަށް ގެންދާ މި ބައްދަލުވުން އިފްތިތާހުކޮށްދެއްވީ ޓުރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. މި ބައްދަލުވުމަކީ ޓޫރިޒަމް މިނިސްޓްރީން އިންތިޒާމް ކުރާ ބައްދަލުވުމެކެވެ.
ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އެ ފޯރަމްގެ އެންމެ ބޮޑު ބޭނުމަކީ ޓޫރިޒަމް ތަރައްގީކުރުމަށް އިންޑަސްޓްރީގެ އިސް ފަރާތްތަކާއި ސަރުކާރާއި ބައްދަލުވެ މައުލޫމާތާއި ހިޔާލު އަދި ތަޖުރިބާ ހިއްސާކުރުން ކަމަށެވެ. އަދި މި  ބައްދަލުވުމުގައި މައިގަނޑު ތިން ދާއިރާ އަކުން މަޝްވަރާ ކުރާނެ ކަމަށެވެ.
އެގޮތުން ތިމާވެއްޓާއި ޒުވާނުން އަދި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި އޭވިއޭޝަން ދާއިރާއާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާ ވަރަށް ހަލުވިކޮށް ކުރިޔަށްދާ ކަމަށް ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރުތެރޭ އިތުރު ރިސޯޓުތަކެއް ހުޅުވި އިތުރު އިންޓަނޭޝަނަލް ބްރޭންޑުތަކެއް ރާއްޖެ އަންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ