މި އަހަރުގެ ފުރަތަމަ ޖަލްސާ، އދ. މާމިގިލީގައި ބޭއްވުމަށް އިދިކޮޅު އިއްތިހާދުން ވަރަށް ފުރިހަމައަށް ތައްޔާރުވާން ފަށައިފި އެވެ. 
އިދިކޮޅު އިއްތިހާދުން މާމިގިލީގައި ބާއްވާ ޖަލްސާ، ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭގައެވެ. އެ ޖަލްސާގައި ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. 
ޖަލްސާއަށް ގިނަ ތައްޔީރީތަކެއްވަމުން އަންނައިރު، ބަނދަރުގައި ޕާޓީތަކުގެ ފޮތިތައް ދެމުމާއި، ޖަލްސާ ބާއްވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ރަށު ރައްޔިތުން އަންނަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ. އަދި ޖަލްސާއަށް ގޮނޑި އެއްކުރުމުގެ މަސައްކަތްވެސްކުރާއި، މޭލެއިން ވެސް ގިނަ އަދަދެއްގެ ގޮނޑިތައް ވެސް ވަނީ މާމިގިލިއަށް ގެންގޮސްފަ އެވެ. 
އޭގެއިތުރުން އިދިކޮޅު އިއްތިހާދުގެ އިސްވެރިންނަށް ހޫނު މަރުހަބާއެއް ކިޔުމަށް ވެސް އެ ރަށުން އަންނަނީ ތައްޔާރުވަމުންނެވެ. 
 
Gulhifaivaa Siyaasee Partythakun baavvaa ADh.Maamigili Jalshaa ah Maamigili thayaarukurumuge masaikah kuriah dhany. #HapsNow#RayyithungeBadhalu pic.twitter.com/StQQn2zH4N
 
މާމިގިލިއަކީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ބޮޑު ތާއީދު އޮންނަ ރަށަކަށްވާއިރު، އެ ދާއިރާގެ މެމްބަރަކީ ވެސް ޤާސިމް އިބްރާހިމް އެވެ. ނަމަވެސް ބޭސްފަރުވާއަށް ޤައުމުން ބޭރުގައި ހުންނެވުމާއެކު ޤާސިމް އިބްރާހިމް ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވާނެ އެވެ. 
މާމިގިލި ޖަލްސާއަށް ފަހު އިދިކޮޅު އިއްތިހާދުގެ ހަރަކާތްތައް ފޯރިޔާއެކު އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
    
    އިދިކޮޅު އިއްތިހާދު: އަހަރުގެ ފުރަތަމަ ޖަލްސާ މާމިގިލީގައި، ތައްޔާރީތައް ފޯރިއާއިއެކުގައި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ