އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާނެކަން އިއުލާނުކުރި އެއްވުމަށް ފައިސާއަށް ވެސް ނުކުންނާނެ ރައްޔިތަކު ވެސް މި ރާއްޖެ އިން ނުވި ކަމަށް ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިއަދު ބާއްވަން އިއުލާނު ކުރި އެއްވުމަށް ދާނެ ބަޔަކު ނުވިކަމަށާއި، އެހެންވުމުން އެ އެއްވުން ރޫޅިފައިވާކަމަށެވެ.
"ކޮންޓްރެކްޓް އުސޫލުން މުޒާހަރާ ކުރާނެ ބަޔަކު ހޯދުމަށް ޖުމްހޫރީ ޕާޓީގެ ތެރެއިން މަސައްކަތް ކުރާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ، އެކަމަކު މިކަމުން އެއްވެސް ކަމެއް ކާމިޔާބެއް ނުވި، ފައިސާއަށް ވެސް މުޒާހަރާއަށް ނުކުންނާނެ ރައްޔިތަކު ވެސް މި ރާއްޖެއަކުން ނުވި،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، މިކަމުން ދޭހަވަނީ، އިދިކޮޅު ފަރާތްތަކުން ބަލިކަށިވެފައިވާ މިންވަރުކަމަށާއި، ރައީސް ޔާމީނަށް ތާއިދު އިތުރުވަމުންދާ މިންވަރު ކަމަށެވެ.
އިތުރަށް އަދުރޭ ވިދާޅުވީ، އާންމު ރައްޔިތުން މަގު މައްޗަށް ނުކުތުމަށް ގޮވުމަށްފަހު ލީޑަރުން ތިއްބެވީ ފިލާ ކަމަށާއި، މަގުމަތީ ފެންނަން ތިބީ މަދު މަޖިލީސް މެންބަރުންތަކެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ބާއްވާފަދަ އެއްވުންތަކަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅު މުޒާހަރާއަށް ފައިސާ ދީގެންވެސް ނުކުންނާނެ ރައްޔިތަކު ނުވި - ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ